ރާއްޖޭގެ ސްކޫލްތަކުގެ 22،000 އަށްވުރެ ގިނަ ދަރިވަރުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި އެވެ.
އުމުރުން 18-12 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް ވެކްސިން ދޭން ފެށީ މިދިޔަ އޮގަސްޓު މަހުގެ15 ވަނަ ދުވަހު އެވެ. ހުރިހާ ސްކޫލެއްގައިހެން ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިންމާފައިވާއިރު މިހާރު ކުރިޔަށް ދަނީ ދެ ވަނަ ޑޯޒު ދިނުމެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން 141 ސްކޫލެއްގެ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގެ މަސައްކަތް ކުރިޔަށް އެބަގެންދެ އެވެ. އެ ސްކޫލްތަކުގެ ޖުމްލަ 22،093 ދަރިވަރުން މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައިވެ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން ކުރިޔަށް ގެންގޮސްފައިވަނީ 218 ސްކޫލެއްގައި އެވެ. އެ ސްކޫލްތަކުގެ 35،989 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވެ އެވެ.
އުމުރުން 18-12 އަހަރާއި ދެމެދުގެ ކުދިންނަށް ދެމުންދަނީ ފައިޒާ ވެކްސިން އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކަޑަމިކް ކަލަންޑަރު އެކުލަވާލާފައިވާ ގޮތުން އެއްވެސް ސްކޫލެއްގައި އިތުރު ހަރަކާތްތައް ފެށޭނީ 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ކޯވިޑް ވެކްސިން ފުރިހަމަ ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް