ރޭ ގެ މުޒާހަރައިގާ ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް އުޅުނު ބައެއް ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާ...

20 Sep 2021 | 05:54

ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް އުޅުނު ބައެއް ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭ އިން ބުނީ މާލޭގައި މރޭ ކުރި މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަަލަމުން އަންނަކަަމަށެވެ.

ރޭގެ މުޒާހަރައިގާ ޗެނަލް 13 ގެ ސީއީއޯ މުހައްމަދު ސަމާހާއި އެ ޗެނަލްގެ އިތުރު ނޫސްވެރިޔަކަށް އަނިޔާވެ، އަންނަނީ އޭޑީކޭގައި ފަރުވާދެމުން ނެވެ. ސަމާހުގެ ބޯ ފަޅައިގެން ފޮސްފައިވާ އިރު، އިތުރު ނޫސްވެރިންނަށް ވެސް ވަނީ ތަފާތު އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްްއެމްސީ) އިން ވެސް ބުނެފައިވަނީ މި މައްސަލަ ބަލަމުން އަންނަކަމަށެވެ.

އެމްއެމްސީން ބުނީ ރޭގެ މުޒާހަރާ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ކައުންސިލުން ބަލާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭ މުޒާހަރާކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިންގާތާ ގިނަ ދުވަސްތަކެއް ވެ، ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވާތީ އެވެ.

އިދިކޮޅު މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ވެސް ޖަހާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް