ސިވިލް ސަރވަންޓުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ސިވިލް ސަރވަންޓުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއި...

20 Sep 2021 | 05:23

ސިވިލް ސަރވަންޓުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

މި މައްސަލައަށް ބަހުސްކުރަން ފެނިވަޑައިގަންނަވާ ކަމަށް 30 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ސިވިލް ސަރވަންޓުންގެ ކަންބޮޑުވުންތަަކަށް ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އޭނާ ގޮވާލައްވާފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބެމުންދާ މުސާރައަކީ މަސައްކަތާއި އަޅާ ބަލާއިރު އެކަށީގެންވާ މުސާރައެއް ކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ހާމަކޮށް އެ ފަރާތްތަކުން އިއްޔެވަނީ ހަމަހިމޭން އިހިތިޖާޖެއް ވެސް ކޮށްފަ އެވެ. އަދި ކަޅު ހެދުމުގައި އެމީހުން ކުރި އިހުތިޖާޖަށް ފަހު، އެކަށީގެންވާ އިޖާބައެއް ކަމާއިބެހޭ ފަރާތްތަކުން ލިބިފައިނުވާތީ، އެމީހުން މިއަދު އޮފީސްތަކަށް ނުކުތްނަމަވެސް މަސައްކަތް ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ސިވިލް ސަރވަންޓުން ބުނަމުން އަންނަނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ވައުދަކަށް ވީނަމަވެސް، މި ވައުދު މިއަދާ ހަމަޔަށް ވެސް ފުއްދިފައިނުވާ ކަމަށެވެ. އަދި ފަންނީ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ވެސް ދަނީ ހިތްހަމަނުޖެހުން އަންނަނީ ފާޅުކުރަމުން ނެވެ.

މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މުސާރައިގެ މައްސަލައިގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި، އެއީ ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ޕޭ ކޮމިޝަނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް