ސިމެންތި ބަރުކޮށްގެން ކ.މާލެ އިން ފުރައިގެން ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ 35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ދަންވަރު 02:45 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައިވާކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މާލެއިން ޅ.މާބިންހުރާއަށް ދެ ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަންގްލަދޭޝްގެ ތިން ފަޅުވެރިންނާ ދިވެއްސެކެވެ.
މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް