ޓެސްޓު ނުހަދާ ލައިސަންސް ދޫކުރާ ލިސްޓަށް ބަންގްލަދޭޝް މީހުން އިތުރުކޮށްފި

ޓެސްޓު ނުހަދައި ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް އެކުލަވާލާވާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި އެވެ. އެ ލިސްޓު ފުރަތަމަ އާންމު ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހ...

20 Sep 2021 | 03:13

ޓެސްޓު ނުހަދައި ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް އެކުލަވާލާވާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި އެވެ.

އެ ލިސްޓު ފުރަތަމަ އާންމު ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އޭރު ލިސްޓުގައި25 ގައުމު އޮތެވެ.

އިއްޔެ ލިސްޓަށް ބަދަލު ގެނެސް ބަންގްލަދޭޝް ވަނީ އިތުރުކޮށްފަ އެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ބަންގްލަދޭޝް މީހުންނަށް ވާއިރު އެ ގައުމު ލިސްޓުގައި ނެތުމުން ކުރިންވެސް ގިނަ ބަޔަކު ސުވާލުކޮށްފަވެ އެވެ.

މި ލިސްޓު އާންމު ކުރުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައިވަނީ އެ މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް އޮތް މީހުންނަށް އެއްވެސް ޓެސްޓެއް ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދެވޭނެ ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ.

މި ގާނޫނުގެ ދަށުން އެ މިނިސްޓްރީން ލިސްޓުގައި ހިމަނާފައިވާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަންވިލާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް