ރެމޯގެ އަންހެނުން ހިއްކާލިވަރުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ވަރުންއަށް

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ އަންހެނުން ލީޒެއްލާ ޑިސޫޒާ (ލިޒް)ގެ ހަށިގަނޑަށް އައި ބަދަލާއެކު ބޮލީވުޑްގެ ބަތަލް ވަރުން ދަވަން އާޝޯހު ކޮށްލައިފި އެވެ. ރެމޯ އިއްޔެ ވަނީ ރަސްމީ އިންސ...

20 Sep 2021 | 02:59

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ އަންހެނުން ލީޒެއްލާ ޑިސޫޒާ (ލިޒް)ގެ ހަށިގަނޑަށް އައި ބަދަލާއެކު ބޮލީވުޑްގެ ބަތަލް ވަރުން ދަވަން އާޝޯހު ކޮށްލައިފި އެވެ.

ރެމޯ އިއްޔެ ވަނީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އަންހެނުން ވަރަށް ފަލައިރު އެކުގައި ނަގާފައިވާ ފޮޓޯ އަކާއި މިހާރު ހިކިފައި ހުއްޓަ ނަގާފައިވާ ކޮލާޖް ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި ހަށިގަނޑަށް އެ ބަދަލު ގެންނަން އަންހެނުން ކުރި ބުރަ މަސައްކަތާއި ހިތްވަރަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.

ރެމޯގެ ޕޯސްޓާއި އެކު ފޭނުންނާއި މަޝްހޫރު އެތައް ބަޔަކު ކޮމެންޓުކޮށް ލިޒް ކޮށްފައިވާ ބުރަ މަސައްކަތަށް ތައުރީފުކޮށްފައިވެ އެވެ. ކޮމެންޓު ކުރި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ވަރުން ދަވަން އާއި ޖޭ ބަނުޝާލީ ހިމެނެ އެވެ.

ވަރުން އަކީ ރެމޯގެ ފިލްމު "އޭބީސީޑީ"ގައި ލީޑް ރޯލު ކުޅެފައިވާ ތަރިއެކެވެ. އެ ދެމީހުންނަކީ ވަރަށް ގާތް ގުޅުމެއް ބާއްވާ ދެމީހުންނަށްވާތީ ރެމޯ އަންހެނުންގެ ހަށިގަނޑު ހިއްކާލާފައިވާތަން ފެނުމުން ވަރުން ވަނީ ހިތް އިމޯޖީ އަކާއި އެކު "ވާއު" ޖަހައި ކޮމެންޓު ކޮށްފަ އެވެ.

ރެމޯގެ ފޮޓޯއަށް ކޮމެންޓުކޮށް ލިޒް ބުނެފައިވަނީ ފިރިމީހާ ދެމުން ދިޔަ ހިތްވަރާއި އެއްބާރުލުމާއި ނުލައި އެކަން ހާސިލް ނުކުރެވުނީސް ކަމަށެވެ. އަދި ލިޒް ވަނީ އޭނާގެ ޓްރެއިނަރުންނަށާއި އެކުވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އިތުރަށް ބުނީ އަދި ލުއިކޮށްލަން ޖެހޭ ކިލޯ ކޮޅެއް ހުރި ކަމަށެވެ.

https://www.instagram.com/p/CT_g3hFNrHT/

ރެމޯ އަކީ ބޮލީވުޑްގައި ނެށުމުގެ ދާއިރާގައި އެންމެ މަޝްހޫރު އެކަކެވެ. އޭނާ ފަނޑިޔާރުކަން ކުރާ އިންޑިއާގެ މަޝްހޫރު ނެށުމުގެ މުބާރާތްތަކުގެ ތެރޭގައި “ޑާންސް އިންޑިއާ ޑާންސް” “ޑާންސް ޕްލަސް” “ޖަލަކް ދިކްލާ ޖާ” ފަދަ މުބާރާތްތައް ހިމެނެ އެވެ.

ރެމޯ އެންމެ ފުރަތަމަ ޑައިރެކްޓު ކޮށްފައިވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ފަޓްލޫ” އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓު ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ރޭސް 3” ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް