ގެސްޓު ހައުސްއެއްގެ ތެރޭގައި ފިރިހެނަކު ބަރަހަނާކޮށް އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް މައްސަލަ ހުށަހެޅި މީހާއާ ހިއްސާކުރަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ އެމީހާ ބަރަހަނާ ކުރުމަށް ފަހު ތިން މީހަކު ވެގެން އަނިޔާ ކުރާތަނެވެ. އެމީހާއަށް އިންޒާރުދީ ޖިންސީ ގުނަވަން ދައްކަން ބުނާތަނާއި ކުރަން ނުޖެހޭ ސުވާލުތަކެއް ވީޑިއޯ ކުރަމުންކޮށްފައިވެ އެވެ.
އަދި ދެވަނަ ފަހަރަށްވެސް އޭނާ ބަރަހަނާކޮށް އަނިޔާ ކުރާނެ ކަމަށް އަނިޔާ ކުރަމުން އެމީހުން ބުނެފައިވެ އެވެ.
އަނިޔާ ލިބުނު މީހާ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާއަށް އަނިޔާ ކުރީ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)ގެ އެންގުމަކަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ އޭނާ މޫކޭއަށް ހަޑިހުތުރު އެއްޗެހި ގޮވުމުން ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ކަމަށް އެމީހާ ބުނެފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް