ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ

އދ. ތުނޑުފުށި ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ފުލުހުންނާއި އެމްއެންޑިއެފްއަށް އެމީހާ ގެއްލުނު ކަމުގެ ރިޕޯޓު ރިސޯޓުން ކުރީ މެންދުރު 1:15 ހާއިރު...

20 Sep 2017 | 12:42

އދ. ތުނޑުފުށި ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.

ފުލުހުންނާއި އެމްއެންޑިއެފްއަށް އެމީހާ ގެއްލުނު ކަމުގެ ރިޕޯޓު ރިސޯޓުން ކުރީ މެންދުރު 1:15 ހާއިރު އެވެ.  އެމީހާ ކަނޑު އަޑީގައި މަރުވެފައި އޮއްވަ ފެނުނީ ހަވީރު 4:20 ހާއިރު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކޯސްޓްގާޑުގެ ޑައިވަރުން ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައި ރިސޯޓާއި ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހާދިސާ ހިނގަން މެދުވެރި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމީހާ މަރުވެފައި އޮއްވަ ފެނުނީ ތުނޑުފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހިންނަފުށީ އިރުމަތީ ފަރާތު ކަނޑު އަޑިން ނެވެ.

މިހާދިސާގެ އިތުރުން މިއަދު ހެނދުނު ވަނީ ދ. ހުޅުދެލީ ކައިރީ އޮންނަ ފަޅަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހަށިގަނޑު މިހާރު އޮތީ ސާމްޕަލް ނަގައި ތަހުގީގު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް