އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އައިއޯއެސް ވާސަން އައިއޯއެސް 11 އާއްމުކޮށް ޑައުންލޯޑް ކުރަން ދޫކޮށްލައިފި އެވެ.
އައިއޯއެސް 11 އާއްމުކޮށް ދޫކޮށްލާފައިވަނީ އިއްޔެގަ އެވެ. މި އަޕްޑޭޓްގައި އައިޕެޑަށް އައު ބައެއް ފީޗާތައް އަދި އައިފޯނަށް އައު ކޯރ ފްރޭމްވޯކެއް ހިމަނާފައި ވެ އެވެ. އެޕަލްގެ އެންމެ ފަހުގެ އައިފޯނު 8 އަދި އައިފޯނު 8 ޕްލަސްގެ އިތުރުން އައިފޯނު އެކްސްގައި ބޭނުންކޮށްފައިވަނީ އައިއޯއެސް 11 އެވެ.
އައިއޯއެސް 11 އާއްމުކޮށް ޑައުންލޯޑް ކުރަން ދޫކޮށްލި ނަމަވެސް މީގެ ކުރިން އެޕަލްއިން އަމަލުކުރާގޮތަށް، ޑައުންލޯޑް ކުރުމުގައި ކިއު ސިސްޓަމެއް ގާއިމްކޮށްފައިވުން އެކަށީގެންވެ އެވެ. އެޕަލް އިން އެގޮތަށް އަމަލުކުރަނީ އެޕަލް ޔޫސާސް އަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ގޮތުންނެވެ.
އައިފޯނު ފަހެއް އެސް އިން ފަހުގެ ފޯނުތަކާއި އައިޕެޑް މިނީ 2 އަކަށްފަހު އައިޕެޑް ތަކާއި އަދި އައިޕެޑް އެއަރ އަށް މި އަޕްޑޭޓް ކޮމްޕެޓިބަލް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް