މެކްސިކޯއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި އެވެ.
އިއްޔެ މެކްސިކޯއަށް އައިސްފައިވަނީ 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. ބިންހެލުމާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މެކްސިކޯއިން ބުނެފައިވާގޮތުގައި މެކްސިކޯ ސިޓީއިން އެކަނިވެސް 36 މީހަކު މަރުވެފައި ވެ އެވެ. އަދި މޮރެލޯސް ސްޓޭޓުން 64 މީހަކު މަރުވެފައިވާއިރު ޕެބްލާ ސިޓީންވެސް 29 މީހަކު މަރުވެފައިވާކަމަށް މެކްސިކޯއިން ބުނެ އެވެ.
މެކްސިކޯގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވާން މެދުވެރިވީ ބައެއް އިމާރާތްތައް ވެއްޓުމުގެ ސަބަބުންނެވެ. މިއީ 1985 ގެ ފަހުން އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އެގައުމުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް