ރޮހިންޖާ މުސްލިމުންނަށް އިތުރު 15 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އަމުރު ކުރައްވައިފި އެވެ.
ސައުދީ ރަސްގެފާނު މިކަމަށް އަމުރުކުރެއްވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި މިޔަންމާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް އިންތިހާއަށް ސައުދީން ކުށްވެރިކޮށްފައިވާކަމަށް އަރަބި މީޑިއާތަކުން ބުނެ އެވެ.
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުން އަންނަ އަނިޔާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް މުޅި ދުނިޔެއަށް ސައުދީން ގަވާލާފައި ވެ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް ލާއިންސާނީ އެތައް އަނިޔާއެއް މިޔަންމާ ސަރުކާއުން ދެމުން އަންނައިރު އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް މިޔަންމާއިން ބަންގްލަދޭޝް އަށް ހަތަރު ލައްކައަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ހިޖުރަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް