އެވެން ބްރޭންޑުން ހަންގަނޑަށް ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލު ލިބޭ!

"ސްކިން ޕްރޮޓެކްޓް، އޯޝަން ރެސްޕެކްޓް" ގެ ނަމުގައި ޕްލާޒާ އެންޓަޕްރައިސަސްއިން ފަށާފައިވާ ކެމްޕެއިންގެ ދަށުން ރާއްޖެއަށް ވަނީ މަޝްހޫރު އެވެން ބްރޭންޑު ތައާރަފުކޮށްފައި އެވެ. އެވެން ބްރޭންޑަކީ ފްރާންސް...

20 Sep 2017 | 04:15

"ސްކިން ޕްރޮޓެކްޓް، އޯޝަން ރެސްޕެކްޓް" ގެ ނަމުގައި ޕްލާޒާ އެންޓަޕްރައިސަސްއިން ފަށާފައިވާ ކެމްޕެއިންގެ ދަށުން ރާއްޖެއަށް ވަނީ މަޝްހޫރު އެވެން ބްރޭންޑު ތައާރަފުކޮށްފައި އެވެ.

އެވެން ބްރޭންޑަކީ ފްރާންސްގެ މަޝްހޫރު އަދި މުޅި ޔޫރަޕްގައި ނަން މަޝްހޫރު ބްރޭންޑެކެވެ. ޕްލާޒާ އިން މި އުފެއްދުން ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ދިވެހިންގެ އިތުރުން ފަރުވެރިންނަށްވެސް އަމާޒުކޮށްގެންނެވެ. އެގޮތުން މި އުފެއްދުން މާކެޓު ކުރުމުގައ ރިސޯޓުތަކާއި ގުޅިގެން މަަސައްކަތް ކުރަމުންދާ ކަމަށް އެތަނުން މައުލޫމާތުދެ އެވެ.

އެވެން ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެން ހުރީ އެންމެ ހިނގާ އެވެން ސްޕްރިން ވޯޓާ އާއި ސްކިން ކެއާގެ އުފެއްދުންތަކެވެ. އެ ބްރޭންޑުގެ ސްޕްރިން ވޯޓާ އަކީ ތަފާތު ބްރޭންޑުތަކުގެ ސްޕްރިން ވޯޓާ ގެ ތެރެއިން ޔޫރަޕްގައި އެންމެ ހިނގާ އުފެއްދުމެވެ.

ސްކިން ކެއާ އުފެއްދުންތަކުގެ ތެރޭގައި ގިނައީ އިރުގެ އަލިން ހަންގަނޑު ރައްކާތެރި ކޮށްދިނުމަށް ބޭނުން ކުރާ ލޯޝަން އާއި ކްރީމް އެވެ. އަދި ހަންގަނޑު ކުރަކި މީހުންނަށް ހާއްސަ ލޯޝަނެއްވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެވެން ބްރޭންޑުގެ އުފެއްދުންތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި ހަންގަނޑު އޮމާންވެ، ހަންގަނޑަށް އަރާމު ލިބުމުގެ އިތުރުން ހަންގަނޑަށް ތާޒާކަން ގެނެސްދެ އެވެ. އެވެން ބްރޭންޑުގެ އުފެއްދުންތަކަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ހާއްސަކުރެވިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ. އެވެން ސްޕްރިން ވޯޓާ ކުޑަކުދިން ބޭނުން ކުރުމުން ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ އެވެ.

ޕްލާޒާ އެންޓަޕްރައިސަސް އިން ބުނީ މި އުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3328675 އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް