އިންޓަނޭޝަނަލް އޯޓިޒަމް ގާލާގައި ބައިވެރިވި ކެޓަގަރީން ލުމައިހާ އެއްވަނަ ހޯދައިފި

ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލަް އޯޓިޒަމް ގާލާގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ކުދިންގެ ތެރެއިން ލަވަކިޔުމުގެ ބައިން މަރިޔަމް ލުމައިހާ އާދިލް އެއްވަނަ ހޯދައިފި އެވެ. ލުމައިހާއާ އެކު ދިވެހި ...

20 Sep 2017 | 03:30

ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލަް އޯޓިޒަމް ގާލާގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ކުދިންގެ ތެރެއިން ލަވަކިޔުމުގެ ބައިން މަރިޔަމް ލުމައިހާ އާދިލް އެއްވަނަ ހޯދައިފި އެވެ.

ލުމައިހާއާ އެކު ދިވެހި އިތުރު ފަސް ކުއްޖަކު ވެސް ބައިވެރިވި މުބާރާތުގައި އެކި ގައުމުތަކުން 69 ކުއްޖަކު ބައިވެރިވި އެވެ. ލުމައިހާ ކިޔާފައިވަނީ އަންހެން އަޑުންނާއި ފިރިހެން އަޑުން ހިންދީ ލަވައެކެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުންނެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނީ މި އަހަރު އެ މުބާރާތުގައި ބައިވެރިވި އެ ތަނުގެ ފަސް ކުދިން ވެސް، މުބާރާތުގެ ގަދަ 20 ގައި ހިމެނިފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ވާދަ ކުރާ ދިވެހި ކުދިންނަކީ މިގްދަމް ފާއިޒް، އަލް ހާފިޒް އަހުމަދު ނަބީހު، މަރިޔަމް ލުމައިހާ އާދިލް އަދި އަހުމަދު ނަހްޔާން ފައިސަލް އާއި އާލް އަޔާން ނާސިރު އެވެ. މީގެ ތެރެއިން އާލް ވަނީ މިދިޔަ އަހަރު މި މުބާރާތުގައި ވާދަކޮށް މިއުޒިކްގެ ކެޓަގަރީން އެއްވަނަ ހޯދާފަ އެވެ.

މިއީ، އޯޓިޒަމް ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ދިވެހި ހަތް ކުއްޖަކު ވާދަ ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް