މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް އެ ދާއިރާގެ މީދޫއަށް މެޑަމް ފާތިމަތު އިބްރާހިމް ވަޑައިގެންނެވި ވަގުތު އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑު އުފުލައިފި އެވެ.
އަނަސް އަކީ އެ ރަށު އުމުރުން 25 އަހަރުގެ ޒުވާނެކެވެ.
މި ހަަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މީދޫގެ ޒުވާނުންތަކެކެވެ. ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން ތިބެ އަޑު އުފުލާފައިވަނީ ހަމައެކަނި ޓީޝާޓެއް ކުށްވެރިނުކޮށް އަނަސްގެ މަރުގެ ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށެވެ.
މި އެއްވުން ކުރިޔަށް ގެންދިޔަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނުހިނގަ އެވެ.
މެޑަމް ފާތުން ޕީޕީއެމްގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންނެވިޔަސް އެކަމަނާ ކުރިޔަށް ގެންދަނީ އިޖްތިމާއީ ޒިންމާގެ މަސައްކަތްތަކެވެ. އެގޮތުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންގެ ހާލު އޮޅުންފިލުގައި އެމީހުންގެ ހާލު ބެލުމާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވަ އެވެ.
އަނަސް މަރާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ޝޯ ރޫމްތެރޭގައި ކަރަށާއި މެއަށް ވަޅި ހަރައި އެވެ. މި މައްސަލައިގަ މިހާތަނަށް ފުލުހުން ވަނީ އަނަސްއަށް ހަމަލާދިންކަން ޔަގީން ކުރެވޭ ބަޔަކާއި ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރު ކޮށްފަ އެވެ.
ތަހުގީގު ކުރިޔަށްދާތީ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް