މަރުވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

މަރުވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:30 ހާއިރު ގ.ކޯބިން ގޭގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް ދިވ...

20 Sep 2015 | 13:29

މަރުވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:30 ހާއިރު ގ.ކޯބިން ގޭގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިިރިހެނަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ ދިއްވެއްސެއް ކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެމީހާގެ އުމުރު އަދި ސާފު ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރުވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް