ޢީދު ބަންދާ ދިމާކޮށް ދ އަތޮޅުގެ ހަތަރު ރަށެއްގައި ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
34 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވި ފުލުސް އޮފިސަރުންނާއި ދ.ކުޑަހުވަދޫގައި މަސައްކަތް ކުރާ އޮފިސަރުން ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ 2015 ސެޕްޓެމްބަރ މަހުގެ 17 އަދި 18 މި ދެ ދުވަހުއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ދ. މީދޫ، ދ. ކުޑަހުވަދޫ، ދ. ބަނޑިދޫ އަދި ދ. މާއެނބޫދޫގެ ރަށުތެރެ ޕެޓްރޯލް ކޮށް މީހުންނާއި ސުވާލު ކޮށް އެއްގަމު އުޅަނދުތައް ބަލާ ފާސް ކޮށްފައި ވާކަމަށެވެ.
މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ރަށްރަށަށް އެކި ފަރާތްތަކުން ދަތުރު ކޮށް ޒިޔާރަތް ކުރާ ދުވަސްވަރަކަށް ވާތީ ރައްޔިތުންނަށް އަމާންކަން ޤާއިމް ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ އޮޕްރޭޝަނެއް ކަމަށާއި މި އޮޕްރޭޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް