ސަވާރީ ބޯޓުގެ 64 މީހުން ގުރައިދުއަށް ގެންދިއުމުގެ ދަތުރު ސިފައިން ފަށައިފި

ރޭ ސަފާރީ ބޯޓުގެ 64 މީހުން ތ.ގުރައިދުއަށް ގެންދިއުމުގެ ދަތުރު ސިފައިން ފަށައިފި އެވެ. ރޭގެ ވަގުތެއްގައި މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް މ އަތޮޅު ބޭރުން އެ އެބޯޓު ފަރަށް އެރީ ރޭ ...

20 Sep 2015 | 09:57

ރޭ ސަފާރީ ބޯޓުގެ 64 މީހުން ތ.ގުރައިދުއަށް ގެންދިއުމުގެ ދަތުރު ސިފައިން ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް މ އަތޮޅު ބޭރުން އެ އެބޯޓު ފަރަށް އެރީ ރޭ 23:00 ހާއިރުއެވެ.

ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުގައިތިބި އެންމެން ސަލާމަތްކޮށް ފަޅުވެރިން ފިޔަވައި ދެންތިބި ދަތުރުވެރިން  މީހުން މ.ދިއްގަރަށް ގެންދިޔަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 64 މީހުން ގޮވައިގެން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ތ. ގުރައިދޫއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް