ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއަކާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު އައްޑޫ ސިޓީ ހިތަދޫއިން ފުލުހުން ހައްޔަރުކޮށްފި އެވެ.
މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 15:15 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި ފެނިފައިވަނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގެ ބަލައިފާސްކުރިއިރު އެގޭ ފާރުކައިރީގައި ހުރި ނާށި ބަސްތާއެއްގެ ތެރެއިން ކަމަށެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހު މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް