މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯއެލާޓް ނެރެފި އެވެ. އެލާޓް ނެރެފައިވަނީ އެލާޓް ނެރެފައިވަނީ ތިލަދުންމައްޗާއި، ހުވަދު އަތޮޅަށެވެ. މި ދެއަތޮޅަށް ޔެލ...

20 Sep 2015 | 08:06

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯއެލާޓް ނެރެފި އެވެ.

އެލާޓް ނެރެފައިވަނީ އެލާޓް ނެރެފައިވަނީ ތިލަދުންމައްޗާއި، ހުވަދު އަތޮޅަށެވެ. މި ދެއަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދު އެގާރަ ގަޑި ފަނަރައިން ހަވީރު ފަހައް ޖެހުމާ ހަމައަށެވެ.

އެވްރެޖްކޮށް 30 މޭލާއި 38 މޭލާ ދެމެދުގެ ބާރު މިނުގައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރާކަމަށް އެލާޓްގައި ވެ އެވެ.

ކުރިއަތް އޮތް ދެ ދުވަހުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ފަތުރުކުރުމުގައި މޫސުމަށް ރައްޔިތުން ރައްކާތެރިވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، އަދި އެމްއެންޑީއެފުން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް