ހަނިމާދޫ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީ އެއް ނަގިލި ކަހާލައި ސަފާރީ ބީހިފައިވަނިކޮށް ފުންކުރުމުގެ މަސައްކަތުގައި ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއްޖެ އެވެ.
ފުލުހުން ބުނީ ހަނިމާދޫ ފަޅު ތެރޭގައި އޮންނަ މިސަފާރީހަނިމާދޫގައި ހިންގާ ރިސޯޓް ހިންގާ ފަރާތުން ބޭނުންކުރާ ބަރުތީލަ ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ. ވައިގަދަވުމުގެ ސަބަބުން ސަފާރީގެ ނަގިލި ކަހާލައި ސަފާރީ ބީހިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:50 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ސަފާރީ ފުން ކުރުމުގެ މަސައްކަތުގައި ފުލުހުންނާއެކު ރައްޔިތުންނާ ސަފާރީގެ ވެރިފަރާތުން ދަނީ ޙަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް