ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސަށް ތައުޒިޔާ ފޮނުއްވައިފި

އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ދުބާއީގެ ޢަމީރު، ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ލޮބުވެތި ދަރިކަލުން، ޝެއިޚް ރާޝިދު ބިން މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމް ކުއް...

20 Sep 2015 | 07:24

އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ދުބާއީގެ ޢަމީރު، ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ލޮބުވެތި ދަރިކަލުން، ޝެއިޚް ރާޝިދު ބިން މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމް ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވާ ކަމަށާއި އަދި، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސާއި، ޝާހީ ޢާއިލާއާއި، އެކުވެރި ޢަރަބި އިމާރާތުގެ އެންމެހައި އަޚުންނާއި އުޚުތުންނާއެކު، ޤައުމީ މި ފުން ހިތާމައިގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.

ދުބާއީ އަމީރުގެ ދަރިކަލުން އިއްޔެ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 33 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް