ނަގޫރޯޅިއެއް އަރައި ހޯރަފުށީ ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވެެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު ހޯރަފުއްޓަށް އެރި ނަގޫރޯޅިއެއްގައި ދެ ގެއެއްގެ ފުރާޅު އެއްލާލާފައި ވާކަމަށެވެ. މަރާމާތު ކުރުމުގައި ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލް މެމްބަރު މުހައްމަދު ނަސީރު ވިދާޅުވީ ދެ ގެއެއްގެ ފުރާޅު އެއްލާލާފައި ވާއިރު އެތަނުން އެއްގެއެއްގެ ފުރާޅު އެއްކޮށް އެއްލާލާފައި ވާކަމަށާއި އެ ގޭގެ މީހުން ރަށުގެ ރަށްވެހިގެއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފުރާޅުއެއްލާލި ދެ ގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.
ނަސީރު އިތުރަށް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް