ބޮޑު ސްކްރީނުން އަންހެން ދަރިފުޅު ފެނުމުން ލޮލުން ކަރުނަ ހިލުނު: ގޯވިންދާ

ބޮޑު ސްކްރީނުން ދަރިފުޅު (ޓީނާ އަހޫޖާ) ފެނުމުން އުފަލުންގޮސް ލޮލުން ކަރުނަ ހިލުނު ކަމަށް ބޮލީވުޑްގެ ތަރި ގޯވިންދާ ޗަކްރަބަތީ ބުނެފި އެވެ. ގޯވިންދާގެ ދަރި ޓީނާ "ސެކަންޑް ހޭންޑް ހަސްބަންޑް" ގައި ކުޅުނު ...

20 Sep 2015 | 05:50

ބޮޑު ސްކްރީނުން ދަރިފުޅު (ޓީނާ އަހޫޖާ) ފެނުމުން އުފަލުންގޮސް ލޮލުން ކަރުނަ ހިލުނު ކަމަށް ބޮލީވުޑްގެ ތަރި ގޯވިންދާ ޗަކްރަބަތީ ބުނެފި އެވެ.

ގޯވިންދާގެ ދަރި ޓީނާ "ސެކަންޑް ހޭންޑް ހަސްބަންޑް" ގައި ކުޅުނު ރޯލަށް މިދިޔަ ހުކުރު ދުވަހު އެވޯޑެއް ލިބުމުން ގޯވިންދާ ބުނީ އާއިލާއެކު ޓީނާ ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމު ބެލީ ވަރަށް އުފަލުން ކަމަށެވެ. އަދި އެވޯޑް ހާސިލްކުމުން އުފާވެރިކަން އިތުރުވެއްޖެ ކަމަށެވެ.

ގޯވިންދާ ބުނީ ބޮލީވުޑް ފިލްމު އިންޑަސްޓްރީއަކީ ކުރިއަށްދާން އުނދަގޫ ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހޭ އިންޑަސްޓްރީއެއް ކަމަށާއި ދަރިފުޅު ޓީނާއަށް ދިމާވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމުގައި އަބަދުވެސް އެހީތެރި ވާނެ ކަމަށެވެ. އަދި ދާއިރާގައި ދަރިފުޅަށް ކާމިޔާބީ އެދޭ ކަމަށެވެ.

"ސެކަންޑް ހޭންޑް ހަސްބަންޑް" މި ފިލްމަކީ އަމޯލަކް ސިންގް ޕްރޮޑިއުސްކޮށް ސްމީޕް ކާންގް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް