އަވަށްޓެރި އިންޑިއާގެ ވެރިރަށް ދިއްލީގައި ހަލުވި މިނެއްގައި ޑެންގީހުން ފެތުރެމުން އަންނައިރު ޑެންގީ ހުން ޖެހިގެން އެ ސަރަހުގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.
އެ އަދަދު 23 އަށް އަރާފައިމިވަނީ އިއްޔެގެ ވަގުތެއްގައި ބަޓްރާ ހޮސްޕިޓަލުގައި 38 އަހަރުގެ މީހަކު ޑެންގީ ހުމުގައި މަރުވުމާއި ގުޅިގެންނެވެ. އިއްޔެ މަރުވި މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާދަމައިން ފެށިގެން ދިއްލީގެ ބައެއް ސަރަހައްދުތަކުގައި ޑެންގީއަށް ހާއްސަ ކްލިނިކްތަކެއް ވީ އެންމެ އަވަހަކަށް ހުޅުވުމުގެ މަސައްކަތް ދިއްލީ ސަރުކާރުން ވަނީ ފަށާފަ އެވެ. އަދި ދިއްލީ ފުލުހުން ވަނީ ލޭ ހަދިޔާ ކުރުމުގެ ހާއްސަ ޕްރޮގްރާމެއްވެސް މިކަމާއި ގުޅިގެން ފަށާފަ އެވެ.
ދިއްލީގައި ޑެންގީ ބަލި ފެތުރެން ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް