އިޒްރޭލުން ފަސްތީނަށް ވައިގެ މަގުން ހަމަލާ ދީފި

އިޒްރޭލުގެ ދެކުނުގެ ސަރަހައްދަކަށް ފަލަސްތީނުން ފޮނުވާލި ރޮކެޓެއް އަމާޒުވި ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވައިގެ މަގުން ވަރުގަދަ ހަމަލާއެއް ދީފި އެވެ. އޮފިޝަލުންނާއި މަންޒަރުދުށް މީހުންނާ ހަވާލާދީ...

20 Sep 2015 | 04:37

އިޒްރޭލުގެ ދެކުނުގެ ސަރަހައްދަކަށް ފަލަސްތީނުން ފޮނުވާލި ރޮކެޓެއް އަމާޒުވި ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވައިގެ މަގުން ވަރުގަދަ ހަމަލާއެއް ދީފި އެވެ.

އޮފިޝަލުންނާއި މަންޒަރުދުށް މީހުންނާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އިޒްރޭލުން ހަމަލާދީފައިވަނީ ފަލަސްތީނުގައި ހަމާސް ޖަމާއަތުން ހިންގަމުން އަންނަ ދެ ކޭމްޕަކަށް އަމާޒު ކޮށް ކަމަށެވެ. އަދި އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އިޒްރޭލުން ބުނާގޮތުން މިދިޔަ ހުކުރު ދުވަހު ފަލަސްތީނުން އިޒްރޭލަށް ދެ ރޮކެޓް ހަމަލާ އަމާޒުވި އެވެ. އެއް ހަމަލާ އަމާޒުވީ މީހުން އުފުލުމުގައި ބޭނުންކުރާ ބަހަކަށް ކަމަށެވެ. އަދި ދެވަނަ ހަމަލާ އިޒްރޭލުގެ މިސައިލް ޑިފެންސް ސިސްޓަމުން ދިފާއު ކުރީ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދީފައިމިވަނީ އިޒްރޭލާ ފަލަސްތީނުގެ މަސްރަހު އަނެއްކާވެސް ގޯސްވެފައ ވަނިކޮށެވެ. ގުދުސްގައި އިޒްރޭލު ސިފައިން ހިންގަމުން އަންނަ ޖަރީމާތައް އަރަބި ބައެއް ގައުމުތަކުން ކުށްވެރިކޮށްފައިވަނިކޮށް އިޒްރޭލުން ވަނީ އެ ސަރަހައްދަށް އިތުރު 800 ފުލުހުން ފޮނުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް