މިޑްލް އީސްޓް ރެސްޕިރޭޓޮރީ ސިންޑްރޯމް (މާސް) ނުވަތަ ކޮރޯނާ ވައިރަސްގެ އަސަރު އެއްވެސް ހައްޖާޖީއެއްގެ ގައިން ފެނިފައި ނުވާ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން އިއްޔެ ހާމަކޮށްފި އެވެ.
ހެލްތު މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވީ ހައްޖުވެރިން މައްކާ އަދި މަދީނާއަށް އެތެރެވެފައިވަނީ ފުރިހަމަ ކުރަންޖެހޭ ސިއްހީ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި ހުރިހާ ހައްޖުވެރިންގެ ސިއްހީ ޗެކްއަޕް ހަދާނިމުނުއިރު އެއްވެސް ހައްޖުވެރިއެއްގެ ގައިން ވައިރަސްގެ އަސަރު ފެނިފައި ނުވާ ކަމަށެވެ.
މާސް ވައިރަސް ކޮންމެވެސް ވަރަކަށް މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު ސައުދީގައި ފެތުރުނު ނަމަވެސް މިހާރު ރިޕޯޓްކުރާ އަދަދު ވަރަށް މަދުވެފައިވާ ކަމަށް ސައުދީން ބުނެ އެވެ. އޯގަސްޓް މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް 70 މީހަކު މާސް ޖެހިގެން ސައުދީގައި ރިޕޯޓްކޮށްފައި ވެ އެވެ.
ފާލިހް ވިދާޅުވީ މާސްއަށް ފަރުވާ ދެމުން އަންނަ 40 މީހަކު މިވަގުތު އެބަތިބި ކަމަށާއި ނަމަވެސް ވައިރަސް ވަނީ ކޮށްޓްރޯލް ކުރެވިފައި ކަމަށްވެސް ފާލިހް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް