ޒުލްހައްޖާމަހުގެ އެއްވަނަ ދުވަހަކީ ސެޕްޓެމްބަރު ކަމަށްވުމުން ހައްޖުވެރިން މައްކާއިން ފުރަން ފަށާދުވަސް ސައުދީ އުމް އަލް ޤުރާ ކަލަންޑަރުން ފަސްކޮށްފި އެވެ.
މި ބަދަލާއެކު ހައްޖުވެރިން އުފުލާ އެއާލައިންތަކަށް މި ބަދަލުގެ ތަފްސީލު ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެސޯސިއޭޝަނުން މިހާރު ފޮނުވާފައިވާކަމަށް ސައުދީ ނޫސްތަކުން ބުނެ އެވެ.
ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވަނީ އެ ސާކިއުލާގައި ފްލައިޓް ސެޑިއުލްތައް އެ ސާކިއުލާގައި ވާގޮތަށް ބަދަލުކުރުމަށް އެއާލައިންތަކަށް އަންގާފައި ވާކަމަށެވެ.
އުމް އަލް ޤުރާ ކަލަންޑަރުގައި ވާގޮތުން ހައްޖުވެރީން މައްކާއިން ފުރުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 26 ގައެވެ. ނަމަވެސް މި ބަދަލާއެކު ހައްޖުވެރިން މައްކާއިން ފުރަން ފަށާނީ މިމަހުގެ 27 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް