މަތިވެރި ހައްޖުގެ އަޅުކަން މިއަހަރު ކުރިއަށްދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްލައްކަ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ސައުދީ އަރަބިއާގެ އިންޓީރިއާ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ ތަރުޖަމާނު މޭޖާ ޖެނެރަލް މަންސޫރް އަލް ތުރުކީ ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެއްލައްކަ ސިފައިންގެ ތެރޭގައި ކައުންޓާ ޓެރަރިޒަމްއަށް ހާއްސަ ޔުނިޓަކާއި ޓްރެފިކް ކަންކަން ބަލަހައްޓާނެ ހާއްސަ ޔުނިޓެއްގެ އިތުރުން ސިވިލް ޑިފެންސް ޔުނިޓެއް އެކުލެވޭ ކަމަށެވެ.
މި އަހަރުގެ ސަލާމަތީ ފައުޖު އެކުލަވާލުމުގައި އެގައުމުގެ އަސްކަރިއްޔާއާއި ނޭޝަނަލް ގާޑްގެ ސިފައިންވެސް ހިމަނާފައިވާކަމަށް މަންސޫރު ވިދާޅުވި އެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި އައިއެސް ޖަމާއަތުގެ އުނދަގޫ ބޮޑުވެފައިވާއިރު މަންސޫރު ވިދާޅުވެފައިވަނީ ހަނގުރާމަވެރިންނަށް ސައުދީއަރަބިއާގެ ސެންޓިމީޓަރެއްގެ މިންވަރުވެސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.
ހައްޖުގެ އަޅުކަން ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މިއަހަރު ތިން މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް