މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރި ބޯޓެއް 181 މީހުންނާއެކު ފަރަށް އަރައިފި

މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރި ބޯޓެއް 181 މީހުންނާއެކު ފަރަށް އެރުމުން ފުލުހުންނާއި ސިފައިން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފުން ބުނީ "ސަވާރީ" ނަމަކަށް ކިޔާ މި ބޯޓު ފ...

20 Sep 2015 | 00:56

މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރި ބޯޓެއް 181 މީހުންނާއެކު ފަރަށް އެރުމުން ފުލުހުންނާއި ސިފައިން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ "ސަވާރީ" ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރިކަން ރިޕޯޓް ކުރީ 23:06 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ކޯޝްޓްގާޑް ޝިޕް ޝަހީދު އަލީ އާއި ހާބަރ ކްރާފް 114 އެ ސަރަހައްދަށް ގޮސް ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށެވެ. އެމްއެންޑީއުން މިއަދު 9:40 ހާއިރު ބުނެފައިވަނީ ބޯޓުގެ 11 ފަޅުވެރިން ފިޔަވައި ދެންތިބި އެންމެން ދިއްގަަށް ގެންގޮސްފައި ވާކަމަށެވެ.

"ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ގައި 89 މީހުން މ.ދިއްގަރަށް ގެންދިއުމަށްޓަކައި ދަތުރުފަށައިފި. އެމްއެންޑީއެފް ކޯސްޓްގާޑާއި އެހެނިހެން ފަރާތްތަކުން ކުރެވުނު މަސައްކަތުން ފަރަށް އެރި ބޯޓުގައި މިވަގުތު ތިބި 11 މީހުން ފިޔަވައި 79 މީހުން ވަނީ މ.ދިއްގަރަށް ގެންދެވިފައި." އެމްއެންޑީއެފުން ބުނެ އެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތްކޮށް އެ ބޯޓުން ދަތުރު ކުރި މީހުން މިހާރު ވަނީ ދިއްގަރަށް ގެންގޮސްފަ އެވެ. އެ ބޯޓުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ގިނަ އަދަދަކަށް އަންހެނުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްތަކަށް ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރަމުން އަންނައިރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ގިނައަދަދަކަށް އަންނަނީ ހިނގަމުންނެވެ. ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ސިފައިންނާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނާއި މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

https://www.facebook.com/dhuvas.mv/posts/1210551308970386

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް