އިހުތިޖާޖު ކުރުމުގެ ބަދަލުގައި ތަންތަނުގައި ރޯކުރަން ގޮވާލި ޒުވާނަކު ހައްޔަރު

މީޑިއާ ބިލާއި ގުޅިގެން އިހުތިޖާޖު ކުރުމުގެ ބަދަލުގައި ތަންތަނުގައި ރޯކުރަން ގޮވާލި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިރޭ ފުލުހުން ބުނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓ...

20 Aug 2025 | 18:32
ސ،ހިތަދޫ / އަތަމާވިލާ، ޢަލީ  ޢާނިމް މުފީދު (29އ) - ފޮޓޯ: ޕޮލިސް

ސ،ހިތަދޫ / އަތަމާވިލާ، ޢަލީ  ޢާނިމް މުފީދު (29އ) - ފޮޓޯ: ޕޮލިސް

މީޑިއާ ބިލާއި ގުޅިގެން އިހުތިޖާޖު ކުރުމުގެ ބަދަލުގައި ތަންތަނުގައި ރޯކުރަން ގޮވާލި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިރޭ ފުލުހުން ބުނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ  "އެކްސް" ގައި  ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސ،ހިތަދޫ / އަތަމާވިލާ، ޢަލީ  ޢާނިމް މުފީދު (29އ) 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައިވާކަމަށެވެ.

ޢާނިމް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދައްކާލުމަށް ކުރާ މުޒާހަރާ ކުރި ޒަމާން ފާއިތުވެއްޖެ ކަމަށެވެ.

"ކަމެއް ރަނގަޅުކުރަން ބޭނުންނަމަ ޕެޓްރޯލު ފުޅި އުކާ، ތަންތަން ރޯކޮށް، މަގުތަކުގަ ދުއްވަން އުނދަގޫވާވަރު ކޮށްލާ" ޢާނިމްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެ ހިސާބުން ޖެހޭނީ އަޑުއަހަން ކަމަށާއި މުޒާހަރާއަކީ ރިކުއެސްޓެއް ނޫންކަމަށެވެ. އެއީ ޑިމާންޑެއް ކަމަށެވެ. ފަރަގު އެނގެންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް