ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ބޯޓަކީ ރާއްޖޭގެ ހާއްސ...

20 Aug 2025 | 04:52
ކޯސްޓްގާޑުގެ ބެލުމުގެ ދަަށަށް ގެންދިޔަ ބޭރުގެ ބޯޓު: ފޮޓޯ: އެމްއެންޑީއެފް

ކޯސްޓްގާޑުގެ ބެލުމުގެ ދަަށަށް ގެންދިޔަ ބޭރުގެ ބޯޓު: ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ބޯޓަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެކެވެ.

"ހަ މީހަކު ތިބި މި ބޯޓު ފެނިފައިވަނީ ދިއްފުއްޓާ ދިމާ އިރުމަތިން" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ބޯޓަކީ ސްރީ ލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ކަމަށާއި ބޯޓު މިހާރު ދިވެހި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް