އޮކްސިޖަން ކެފޭގެ ފައިސާއަށް ޚިޔާނާތްތެރިވި ދެ މުވައްޒަފަކު ހައްޔަރު

މާލޭގައި ހިންގަމުން އަންނަ ކެފޭ ޗެއިން، އޮކްސިޖަން ކެފޭގެ ކެފޭއަކުން އެ ކެފޭގެ ފައިސާއަށް ޚިޔާނާތްތެރިވި ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނ...

20 Aug 2025 | 04:30
އޮކްސިޖަން ކެފޭ - ގޫގަލް ފޮޓޯ: މުޙައްމަދު އައިމަން

އޮކްސިޖަން ކެފޭ - ގޫގަލް ފޮޓޯ: މުޙައްމަދު އައިމަން

މާލޭގައި ހިންގަމުން އަންނަ ކެފޭ ޗެއިން، އޮކްސިޖަން ކެފޭގެ ކެފޭއަކުން އެ ކެފޭގެ ފައިސާއަށް ޚިޔާނާތްތެރިވި ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 29 އަހަރުގެ އުދަޔަކުމާރު ޖޭކުމާރު ރަޖާ އާއި ނޭޕާލަށް ނިސްބަތްވާ އަންހެނެއް ކަމުގައިވާ އުމުރުން 31 އަހަރުގެ ޕަޑްމާ އެވެ.

ކްރިމިނަލް ކޯޓުގެ އިއްޔެގެ ބަންދު އަމުރުތަކަށް ބަލާއިރު ޖޭކުމާރު ރަޖާ އާއި ޕަޑްމާ އެކި ދުވަސްމަތިން ކެފޭގެ ވެރިފަރާތުގެ ހުއްދަ ނެތި، ކަސްޓަމަރުންގެ އަތުން ފައިސާ ނަގައި ބިލްތައް ފޮރުވުމަށްފަހު، އެ ފައިސާ އަމިއްލަ ޖީބަށް ލާކަމަށް ބެލެވެއެވެ.

މި ދެމީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު ބަންދު އަމުރުތަކުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ ދެ ދުވަހެއްގެ މަތިން 200 ރުފިޔާ ނަގާފައިވާނެ ކަމަށާއި ނަމަވެސް އޭނާގެ މުސާރަ އެއްބަސްވީ ގޮތަށް ވެރިފަރާތުންވެސް ދެމުން ނުދާކަމަށާއި، ޕޮކެތް މަނީ އަދި ސަރވިސް ޗަރޖްވެސް ނުދޭ ކަމަށާއި ބަލިވީމަ ފަރުވާވެސް ނުދޭކަމަށް ދެމީހުންވެސް ބުނެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް