ބުޅާ މަސް ވިއްކި މައްސަލަ - މަލްޝާއަށް ގޯސްވީ ކުރީ ސަރުކާރު

ބަގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސެއިން، ބުޅާ މަސް ވިއްކި ކަމަށް ބުނާ މައްސަލައިގައި ޑެޕިއުޓީ މިނިސްޓަރ މަލްޝާއަށް ގޯސްވީ ކުރީ ސަރުކާރެވެ. މާލޭގައި ބުޅާ މަސް ވިއްކި ކަމަށް ބުނާ މައްސަލަ ސޯސަލ...

20 Aug 2024 | 15:27

ބަގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސެއިން، ބުޅާ މަސް ވިއްކި ކަމަށް ބުނާ މައްސަލައިގައި ޑެޕިއުޓީ މިނިސްޓަރ މަލްޝާއަށް ގޯސްވީ ކުރީ ސަރުކާރެވެ.

މާލޭގައި ބުޅާ މަސް ވިއްކި ކަމަށް ބުނާ މައްސަލަ ސޯސަލް މީޑިއާގައި އިއްޔެަ ހޫނުވެ، އިމިގްރޭޝަނުން ވަނީ އެ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ހައްޔަރަށް ގެނުމާއި އެކު، އޭނާ ދިރިއުޅުނު ގޭގެ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ސޯސަލް މީޑިއާގައި އާއްމު ވަމުންނެވެ.

މިކަމާއި ގުޅިގެން ގިނަ ރައްޔިތުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ބިދޭސީ މީހާއަކީ ސަބްމެރީން، ބަނަސްްް ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ މީހެކެވެ. އަދި އޭނާ މި މަސައްކަތް މިގޮތަށް ކުރާތާ ހަމަސް ދުވަސް ވެފައިވާކަމަށް ވެސް އޭނާ އުޅޭ ސަރަހައްދުގައި އުޅޭ ބައެއް ދިވެހިން ވަނީ ބުނެފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ގިނަ ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، ގިނަ ބަޔަކު ޑީޕޯޓު ކުރަމުން ދާ މި ދަނޑިވަޅުގައި، ކާބޯތަކެތި ތައްޔާރުކުރުމުގެ ވިޔަފާރީ ބިދޭސީން އަޑީގަ ތިބެގެން ކުރާކަން މިވަނީ ހާމަވެފައެވެ. އެ ވިޔަަފާރީތައް ކުރެވޭ މާހައުލުތަކުގެ މުޑުދާރުކަމުން ރައްޔިތުންގެ ހިތްތަކުގައި މިހާރު މިވަނީ ބޮޑު ކަންބޮޑުވުންތަކެއް އުފެދިފައެވެ.

މިފަދަ ދަނޑިވަޅެއްގައި ވެސް ޑެޕިއުޓީ މިނިސްޓަރ މަލްޝާ ވަނީ މިކަން ސިޔާސީ ކުރުމަށް މަސައްކަތް ކޮށްފައެވެ.

ގަވައިދާާ ޚިލާފަށް ހިންގާ މިފަދަ އެތައް ތަނެއް،  އިމިގްރޭޝަނުން ބަލާއި ފާސްކުރުމަށް ފަހު އެކަމުގައި ޝާމިލްވާ ގިނަ އަދަދެއްގެ ބިދޭސީންނާ މެދު އިމިގްރޭޝަނުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް