ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފައިވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް (ނަންބަރު PSP/2024/01)، 20 އޮގަސްޓު 2024 ގައި މި އޮތޯރިޓީ އިން ވަނީ ދޫކޮށްފައިވާކަމަށެވެ.
މި ލައިސަންސް ދިނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އިން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެން ދާނެކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް