މިއަދު އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްއަށް ވާހަކަދައްކަމުން މެންބަރު އިބްރާހިމް މުޙައްމަދު (އިއްބެ ޖަނާބު) އަށް ގޯސްވީ ސްކޭމްގައި ޖެހޭ މީހުންނެވެ.
މެންބަރު ވިދާޅުވީއެކި އެކި ސްކޭމް ތަކުގައި ޖެހެނީ ކަންކަމަށް ދަހިވެތި ވުުމުގެ ސަބަބުން ކަމަށާއި ސްކޭމް ތަކުގައި ޖެހޭ މީހުންނަށް ވެސް އަދަބެއް ދެވެންޖެހޭ ކަމަށެވެ.
ސްކޭމްތަކުން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓްތައް ކޯޓު އަމުރެއް ނެތި ފްރީޒް ކުރަން މެންބަރު މުހައްމަދު އިބްރާހިމް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެކަމަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ، މީހުންގެ ފޮޓޯ ފުނުވައިގެން ލިންކްއަށް ފިތުމަށް އެދިގެންނާއި އެކިއެކި އިނާމު ތަކާއި އެނޫންވެސް އެއްޗެހި ލިބޭނެ ކަމަށް ބުނެ ސްކޭމްގައި ޖައްސާ ކަމަށެވެ.
އެކަމާއި ގުޅިގެން މެންބަރު އިބްރާހިމް ވިދާޅުވީ މިކަމުގައި ޤާނޫނަށް އިސްލާހު ގެނެވޭއިރު ކަންކަމަށް ދަހިވެތިވެ ނާޖާއިޒް ގޮތުގައި ފައިސާ ހޯދަން ބޭނުން ވުމުގެ ސަބަބުން ސްކޭމްތަކުގައި ޖެހޭ ފަރާތްތަކަށް ވެސް ގާނޫނުން އަދަބެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
"ދަހިވެތިކަމުގެ އިންތިހާއަކީ މީހާ ނުބައި ނަތީޖާތަކެއްގެ ތެރެއަށް ވައްޓާލާ ކަމެއް. އެެހެންކަމުން، ގިނަ ފައިދާ، ނުވަތަ ނާޖާއިސް ގޮތުގައި ފައިސާ ހޯދަން ބޭނުންވެގެން އެކިއެކި ޕްރޮގްރާމްތަކަށް ވަންނަން ބޭނުންވާ މީހުންނަށްވެސް އަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަހަލަ ޕެނަލްޓީއެއް އޮންނަން ޖެހޭނެ ހެން " މެންބަރު ވިދާޅުިއެވެ.
މިފަދަ އަދަބެއް ކަނޑައެޅުމަކީ ރައްޔިތުން ޒިންމާދާރު ކުރެވޭނެ ގޮތެއް ކަމަށްވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް