ބުޅާމަހުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމާއި ގުޅިގެން، އެމްޑީޕީން އެމީހާއަށް އިންސާފުހޯދާ ދިނުމަށް ނިކުމެދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
"އެމްޑީޕީން ނުކުމެދާނެ އަރަފާތައް އިންސާފު ހޯދާ އޭނާ ދޫކޮށްލަން މުޒާހަރާއައްވެސް" ޝިއުނާ ވިދާޅުވިއެވެ.
އެމްޑީޕީން ނުކުމެދާނެ އަރަފާތަށް އިންސާފު ހޯދާ އޭނާ ދޫކޮށްލަން ގޮވާލާ މުޒާހަރާއަށްވެސް.
— Mariyam Shiuna (@shiuna_m) August 20, 2024
ބުޅާ މަސް އަޅައިގެން ކާ އެއްޗެހިން ތައްޔާރުކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތެވެ.
އެމީހާ ހޯދުމަށް އިމިގްރޭޝަނުން އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއަދު އިމިގްރޭޝަނުން ވަނީ އޭނާ ހޯދާ ހައްޔަރުކޮށްފައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިމިގްރޭޝަނުން އެމީހާ ހައްޔަރުކުރުމުން ގިނަ ބައެއްގެ ތައުރީފު ދަނީ އިމިގްރޭޝަނަށް ލިބެމުންނެވެ.
ޝިއުނާ މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސަރުކާރަށް ފާޑުކިޔަމުން ދާތީ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް