ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކްތަކާއި ބައްދަލުކޮށްފިއެވެ.
މިގޮތުން ބައްދަލުކުރި ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް އަދި އެޗްއެސްބީސީ ހިމެނެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާގޮތުގައި މި ބައްދަލުވުން ތަކުގައި ބޭންކްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ.
ރާއްޖޭގެ މާލީ ދާއިރާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މުނައްވަރު ވަނީ ވިދާޅުވެފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން މިހާރު މާލީ ދާއިރާއަކީ %6 ކަމަށާއި އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަ ކުރުންކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ. ގަވަރުނަރުގެ މަގާމަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރު ދަނީ އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރައްވަމުންނެވެ. ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެވުނީ 31 ޖުލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް