ޒާރާގެ ފޮޓޮއެއް ލާފައި ލިންކެއް ފޮނުވާލާއިރަށް ބައެއް ރައްޔިތުން ސްކޭމްގައި އެބަ ޖެހޭ: އެމްޕީ މައުރޫފް

ޒާރާގެ ފޮޓޯއެއް ލާފައި ލިންކެއް ފޮނުވާލާއިރަށް ބައެއް ރައްޔިތުން ސްކޭމްތަކުގައި އެބަ ޖެހޭ ކަމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. ޖިނާއީ އިޖުރާއަތުގެ ބިލަށް ގެންނަ އިސްލާހު...

20 Aug 2024 | 07:00

ޒާރާގެ ފޮޓޯއެއް ލާފައި ލިންކެއް ފޮނުވާލާއިރަށް ބައެއް ރައްޔިތުން ސްކޭމްތަކުގައި އެބަ ޖެހޭ ކަމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަށް ގެންނަ އިސްލާހުގެ ބަހުސް މަރުހަލާގައި ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ދިވެހިންނަކީ އާއްމުކޮށް މަކަރާ ހީލަތް ހަދާ އޮޅުވާލާ އުޅޭ ބަޔަކަށް ނުވާތީ ބައެއް ފަހަރު ސްކޭމްތަކުގައި ޖެހެނީ ކަމަށާއި ޒާރާގެ ފޮޓޯއެއް ލާފައި ލިންކެއް ފޮނުވާލުމުން އެ ލިންކަކަށް ފިތާލުމުން ގޮސް ވެއްޓެނީ އަނދަވަޅަކަށް ކަމުގައި މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޭމް ހިނގާތޯ ނުހިނގާތޯ ބަލަންޖެހޭއިރު ސްކޭމް ހިނގާކަން ސާފުކޮށް އެބަ އިނގޭ ކަމަށާއި ބޭންކް އޮފް މޯލްޑިވްސް ނޫން އެހެން ބޭންކްތައް ހުންނައިރު ގިނަ ސްކޭމްތައް ހިންގަނީ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ކަމުގައިވުމީވެސް ކަންބޮޑުވުމެއް ކަމަށެވެ. އަދި ތަންފީޒީ އިދާރާތަކުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ސްކޭމްތަކަށް ލިބޭކަމުގެ ކަންބޮޑުވުންވެސް ރައްޔިތުންގެ އޮތްކަން ފާހަގަކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ އެކަންބޮޑުވުމަށް ރައްޔިތުންގެ މަޖިލީހުން ހައްލު ހޯދައިދޭން ޖެހޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް