ބުޅަލުގެ މަހުން ކާބޯތަކެތި ތައްޔާރުކޮށް އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަރަފާތު ހުސެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން، އަރަފާތު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު އިމިގްރޭޝަނުން ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސެއިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނުކޮށްފައިވަނިކޮށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އިއްޔެ ބުނެފައިވަނީ ބިދޭސީއަކު ހޯދުމުގައި އާއްމުންގެ އެހީތެރިކަން ބޭނުންވާކަމަށާއި އެމްޑީ އަރަފާތު ނަމަކަށްކިޔާ އެމީހާ ބުޅަލުގެ މަހުން ކާބޯތަކެތި އުފައްދައި ބިދޭސީންނަށް ވިއްކާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް