ކަމަދޫ ރައްޔިތުންނަށް ސަން ޝިޔާމްގެ ފަރާތުން ހިލޭ ބޭސްފަރުވާ

ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ނިޒާމު ހަމަޖެހިގެންދާފަދަ އެއްބަސްވުމެއްގައި ކަމަދޫ ކައުންސިލާއި ސަން ޝިޔާމް ކެއާއިން ސޮއިކޮށްފިއެވެ. ދުވަހަށް މަޢުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް ރައީސް ...

20 Aug 2024 | 06:13

ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ނިޒާމު ހަމަޖެހިގެންދާފަދަ އެއްބަސްވުމެއްގައި ކަމަދޫ ކައުންސިލާއި ސަން ޝިޔާމް ކެއާއިން ސޮއިކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް ރައީސް މިއަދު ވިދާޅުވީ އެފަދަ އެއްބަސްވުމަކަށް އާދެވި މި މަހުގެ 15ގައި އެކަން ރައްޔިތުންނަށް އާއްމުކޮށް އަންގައި އިއުލާނުކުރެވިފައިވާނެ ކަމަށެވެ.

"ސަން ޝިޔާމް ކެއާއާއެކު ކުރެވުނު މަޝްވަރާގެ ދަށުން ބޭސްފަރުވާގެ އެހީތެރިކަމަށް ރަށުގެ ރައްޔިތުންނަށް މިހާރު އެދެވޭނެ، އެގޮތުން ކައުންސިލުން ދޫކުރާ ފޯމެއް މެދުވެރިކޮށް ލިޔެކިޔުންތަކާއެކު ބޭސްފަރުވާގެ އެހީތެރިކަމަށް، ރަށުގެ ކޮންމެ ރައްޔިތަކަށްވެސް މިހާރު އެދެވޭނެ" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ކުރެވޭ ބޭސްފަރުވާގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރެވޭ ބޭސްފަރުވާގެ ކަންކަމުގައިވެސް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކަމަދޫ ރައްޔިތުންނަށް ސަން ޝިޔާމް ކެއާގެ ފަރާތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވާއިރު ކަމަދޫގެ ނެށުންތެރިޔާ އައިމިނަތު ޒާރާ (ކަމަދޫ ޒާރާ) އާއި ސަން ޝިޔާމް ކައިވެނީގެ ގޮތުން ގުޅެން އުޅޭކަމުގެ އަޑުތައް މި ހަފްތާގެ ތެރޭގައި ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް