ބުޅާމަހުގައި ކާބޯތަކެތި ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފި

ބުޅާމަހުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭމީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިއްޔ...

20 Aug 2024 | 05:54

ބުޅާމަހުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައިގާ ތުހުމަތު ކުރެވެނީ ބިދޭސީއަކަށެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ބުނީ ބިދޭސީ އެމީހާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.

ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އިއްޔެ ބުނެފައިވަނީ ބިދޭސީއަކު ހޯދުމުގައި އާއްމުންގެ އެހީތެރިކަން ބޭނުންވާކަމަށާއި އެމްޑީ އަރަފާތު ނަމަކަށްކިޔާ އެމީހާ ބުޅަލުގެ މަހުން ކާބޯތަކެތި އުފައްދައި ބިދޭސީންނަށް ވިއްކާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

އިމިގްރޭޝަނުން އިއްޔެ ވަނީ އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ވަނީ ނޯޓިސް ނެރެފައެވެ.

އިމިގްރޭޝަންގެ ނޯޓިސްގައި ބުނެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވާން އެނދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް