ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ފްލެޓް ދޫކުރާއިރު އެންމެ އިސްކަމެއް ދެއްވާނީ ކުރީ ސަރުކާރުގައި ލިޔުން ހަވާލުކޮށް، މި ސަރުކާރުން ފްލެޓް ނުދިން މީހުންނަށް ފްލެޓް ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިހާރު ކުރިއަށް ދާ ޖަލްސާގައެވެ.
މުއިއްޒުގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ކުރިއަށް ގެންދާނެގޮތް އޮޅުންފިލުވައިދެއްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެންމެ ފުރަތަމަ ފްލެޓް ދޭނީ ލިޔުން ލިބި، ސަރުކާެރު ބަދަލު ވުމާ ގުޅިގެން ފްލެޓް ނުލިބުނު މީހުންނަށް ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ދަށުން، މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގިރާވަރު ފަޅާއި ގުޅީފަޅުގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެ ބޮޑަށް ހައްލު ބޭނުންވެފައިވާ ކަންތައް ކަމަށް މުއިއްޒު ސިފަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް