ގޯތި ލިބުނު މީހުންނަށްގެ ހަދަން ސްކީމެއް ހަމަޖައްސައިދޭނަން: މުއިއްޒު

ނިމެމުން މިދާ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ނުވަތަ ފްލެޓު ލިބިއްޖެކަމުގެ ލިޔުން ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހާއްސަ ސްކީމެއްގެ ދަށުން އެ ގޯތިތަކުގައި ގެ...

20 Aug 2023 | 16:55

ނިމެމުން މިދާ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ނުވަތަ ފްލެޓު ލިބިއްޖެކަމުގެ ލިޔުން ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހާއްސަ ސްކީމެއްގެ ދަށުން އެ ގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތްތަކުގެ ގޯތި ނިމިފައިވާ އާ ގެތަކާއެކު އަލުން ހަވާލު ކުރެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުހިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ ބިން ލިބުނު ނަމަވެސް އެ ބިމުގައި ގެ އިމާރާތް ކުރަން ނުވަތަ ލޯނު ނަގައިގެން ގެ އަޅާނެހާ ތަނަވަސްކަން އެންމެންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކަށް ސަރުކާރުގެ އެހީގައި ގެ އިމާރާތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ގެތައް އިމާރާތް ކޮށްދޭނީ އެ ބިމެއްގެ ވެރިޔާ ބޭނުންވާ ޑިޒައިނަކަށް، އަދި ބޭނުންވާ އުސްމިނަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވައުދެއް ނުފުއްދޭނަމަ ވައުދު ނުވާނެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މެނިފެސްޓޯގައި ވާ ކޮންމެ ވައުދަކީވެސް ފަންނީ ފަރާތްތަކުގެ ލަފަޔާ އިރުޝާދުގެ މަތިން ދިރާސާތަކެއް ކުރުމަށްފަހު އެކުލަވާލާފައިވާ ވައުދެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް