އައްޑޫ ސިޓީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންޝިޕްކަން 220.9 ޕޮއިންޓާ އެކު ޓީމް ފެހުރިހި އިން ހޯދައިފިއެވެ.
މި މަހު 18 ވީ ހުކުރު ދުވަހު، މުބާރާތުގައި ބައިވެރިވި 7 ޓީމާއެކު މަރަދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް އުރީދޫއިން ވަނީ އިނާމު ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތުގެ ޗީފް ގެސްޓެއްގެ ގޮތުގައި އައްޑު ސިޓީ ގެ މޭޔަރު އަލީ ނިޒާރު ގެ އިތުރުން ސިޓީގެ އެހެނިހެން އިސްފަރާތްތަކުންވެސް ވަނީ ބައިވެރިވަޑައިގަނެފައެވެ.
ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 141.6 ޕޮއިންޓާއެކު ޓީމް ހޮންޑެލިއެވެ. އަދި 131.9 ޕޮއިންޓާ އެކު ކުޅުދުއްފުށި ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ބަރަކޫޑާ ޓީމުންނެވެ.
މި މުބާރާތުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 5.5 ކިލޯ ގެ ކުރުމަހެކެވެ.
އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިންކަން ހޯދި ފެހުރިހި ޓީމުން ނަޖާ އެވެ. އަދި އެއީ 5.5 ކިލޯ ގެ ކުރުމަހެއް ކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން ބަރު މަސް ބޭނި ފަރާތައް ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.
އުރިދޫ އިން ބުނާ ގޮތުގައި މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރުވެސްމެއެވެ. ކައްޓެޅިމަސް ބާނާފައިވަނީ މުބާރާތުގެ 3 ވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުން ޖިނާހު އަދި ޝާނިޒް އެވެ.
މީގެ އިތުރަށް، މި މުބާރާތުގެ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲ ކާމިޔާބުކޮށްފާވީއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒް އެވެ. އިބްރާހިމް އަބްދުއްލާ 7 މަސް ބާނާފައިވާއިރު އަޒްލިފާ އަޒީޒް ބާނާފައިވަނީ 4 މަހެވެ.
މި މުބާރާތުގެ އެންމެ ފަހު ސިޓީ – ފުވައްމުލައް ސިޓީގައި މަސްރޭސް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ގައި ކަމަށް އުރިދޫ އިން ބުނެފައިވެއެވެ. އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް