ވިނަރެސްއިން ފްލެޓް ލިބުނު މީހުންނަށް މާދަމާ ތަޅުދަނޑި ހަވާލު ކުރަނީ

ވިނަރެސްއިން ފްލެޓް ލިބުނު މީހުންނަށް މާދަމާ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ. އަރބަންކޯއިން ބުނީ، ވިނަރެސް އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމުގެ ގޮތުން ބާއްވާ ރަސް...

20 Aug 2023 | 13:08

ވިނަރެސްއިން ފްލެޓް ލިބުނު މީހުންނަށް މާދަމާ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން ބުނީ، ވިނަރެސް އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މާދަމާ ހަވީރު 4:00 ގައި ވިނަރެސްގެ 10 ވަނަ ޓަވަރާއި ހިޔާގެ ދެ ވަނަ ޓަވަރު ދެމެދުގައި އޮންނާނެ ކަމަށެވެ.

ވިނަރެސް ފްލެޓުތައް ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރަން ފެށީ މޭ މަހުގެ ފަހުކޮޅުގައެވެ.

އާބަންކޯއިން ވަނީ ވިނަރެސް ލިބުނު މީހުންނަށް އެއް ފަހަރާ ފައިސާ ދެއްކުމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައި އެވެ. މީގެ ތެރެއިން އެއް ފަހަރާ ފައިސާ ދައްކާ މީހުންނަށް އެމީހަކު ބޭނުން އެޕާޓްމެންޓެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

އާބަންކޯއިން ބުނީ އެއްބަސްވުންތަކުގައި ސޮއި ކުރުން އެންމެ ފުރަތަމަ ފެށީ ސީލައިފް ފްލެޓު ލިބި ލަނޑު ލިބުނު މީހުންގެ ތެރެއިން ވިނަރެސް ގަންނަ މީހުންނާއި އެކު ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ކުލި ދައްކާ މީހުންއަތުން ޑައުންޕޭމަންޓު ނަގައި، އެއް ފަހަރާ ކުލި ދައްކާ މީހުންނާއި އެކު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ސީލައިފް އިން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ވިއްކަނީ، ވިނަރެސް ފްލެޓްތައް އެހެން މީހުންނަށް ވެސް ވިއްކާ އަގުގަ އެވެ. ވިނަރެސް ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ސީލައިފް މީހުންނަކީ 2014 ވަނަ އަހަރު އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއަކުން ފްލެޓު ގަންނަން އެއް ބައި ފައިސާ ދައްކާފައިވަނިކޮށް އެ ފައިސާ އާއި ފްލެޓު ނުލިބުނު މީހުންނެވެ. އެ މައްސަލައިގަ 203 މީހަކު ދައުލަތާއި ދެކޮޅަށް ދައުވާ ކުރުމުން އާބަންކޯއިން ވަނީ ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ހައުސިން މަޝްރޫއުއަކުން ފްލެޓު ވިއްކަން ނިންމައި ކޯޓުން ބޭރުގައި މައްސަލަ ނިންމާފައި އެވެ.

އާބަންކޯއިން ބުނީ ސީލައިފް މީހުންގެ އިތުރުން ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާއި އިތުރު މީހުންނާއި އެކު ފްލެޓްތައް ހަވާލު ކުރުމަށް ސޮއިކޮށްފައިވާ ކަމަށެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް