ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައުވާ ހިޔާ ފްލެޓްތަކުން އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓްތަކުގެ ގުރު މިއަދު ނަގައިފިއެވެ.
އެއްވެސް ބަޔަކާ ހަވާލު ނުކޮށް ހުރި 145 އެޕާޓްމަންޓަކީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ މީހުންނާއި އެހެނިހެން ސަބަބުތަކާ ހެދި ދޫނުކޮށް ހުރި ފްލެޓްތަކެވެ.
އެގޮތުން މިޙާރުގެ ސަރުކާރުން ވަނި ހިޔާގެ ބާކީ ހުރި ފްލެޓްތައް ދޫކުރަން ނިންމާފައެވެ. ފްލެޓްތައް ދޭނީ ހައުސިން މިނިސްޓްރީން އަންގާ ގޮތަށް، ރިޒާވް ލިސްޓަކަށް ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އާބަންކޯގައި ގުރު ނެގުން ކުރިއަށް ގެންދިޔައިރު މިއަދު ވަނީ ސިވިލް ސާވިސް ކެޓަގަރީއާ އެކު 145 ފްލެޓުގެ ގުރު ނަގައިފައެވެ.
ޔާމީންގެ ސަރުކާރުން ނިންމީ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ހަވާލުނުކުރުމަށެވެ. އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް 45 މީހުން ތިއްބެވެ. އަދި އެ ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންގެ ގޮތުގައި ނަން ހިމަނާފައެއް ނުވެއެވެ.
ސިވިލްސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއެކެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެޅީ 7،000 ފްލެޓެވެ. އެގޮތުން މީހުން އުޅެން ދޫކޮށްފައި ވަނީ 6،720 ފްލެޓެވެ. ވިޔަފާރި އާއި އެ ނޫން ވެސް އެކި ހިދުމަތްތައް ދިނުމަށް ކޮންމެ ފްޓަވަރެއްގެ ގްރައުންޑް ފްލޯ ވަނީ ހާއްސަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް