މާލެ ސަރަހައްދުން ލިބުނު ގޯތީގެ ގުރު ނަގަން ނުދާ މީހުންގެ ގުރުނެގުން މާދަމާ އޮންނާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީއިން ބުނީ، "ބިންވެރިޔާ ސްކީމުގެ" ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން، ގަލޮޅު ދަނޑުގައި ގުރުނެގުމަށް ހަމަޖެހިފައިވާ ތަނުގައި މާދަމާ ހެދުނު 10:00 ގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެވަގުތަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ މީޑިއާ ކުރިމަތީގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު ގުރުއަތު ނެގުން ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ.
ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް