އަޅުގަނޑު ބަލަނީ ތާއިދުކުރަން ނިކުމެ ތިއްބެވި މީހުންގެ އަދަދަށް ނޫން: ގާސިމް

ބައްލަވަނީ ތާއީދު ކުރަން ނިކުމެ ތިއްބެވި މީހުންގެ އަދަދަށް ނޫން ކަމަށާއި، މި ޒަމާނުގައި ކޮންމެ ތާކު ހުރެގެންވެސް ވާހަކަތަށް އަޑު އެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅު...

20 Aug 2023 | 11:04

ބައްލަވަނީ ތާއީދު ކުރަން ނިކުމެ ތިއްބެވި މީހުންގެ އަދަދަށް ނޫން ކަމަށާއި، މި ޒަމާނުގައި ކޮންމެ ތާކު ހުރެގެންވެސް ވާހަކަތަށް އަޑު އެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ށ.ކޮމަންޑޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބައްލަވަނީ އެމަނިކުފާނަށް ތާއީދު ކުރައްވަން ނިކުމެ ތިއްބެވި މީހުންގެ އަދަދަށް ނޫން ކަމަށާއި، މިޒަމާނަކީ އަޑުއަހަން ބޭނުންވާ މީހުން ގޭގަ ތިއްބަވައިގެންވެސް އަދި ކޮންމެތާކު ހުރެގެންވެސް އަޑު އެހޭނެ ޒަމާނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ބަލަނީ ކޮންމެހެން މިކަމުގަ އަޅުގަނޑުމެން މި ތިބީ އެއްވެ ޖަމާވާ މީހުންގެ އަދަދަކަށް ނޫނޭ. މިހާރު މި ޒަމަނަކީ އެ އަޑު އަހަން ބޭނުންވާ މީހާ ގޭގަ އޮވެގެންވެސް، ސިޓިންގްރޫމްގަ އޮވެގެންވެސް އަތިރިމަތީގަ ހުރެގެންވެސް ކޮންމެ ތާކުވެސް އަޑު އަހާލެވޭނެ ދުވަހެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ފިކުރުކުރަންޖެހޭ ކަމަށް ވިދާޅުވެ ސުވާލުތަކެއް އުފައްދަވާފައެވެ.

އެގޮތުން ޤައުމުގެ ސިޔާދަތާ އިސްތިޤްލާލް ބޭނުންތޯ އާއި މިއަދު ރާއްޖޭގެ މިނިވަންކަން އޮތްތޯ އަދި މި ރާއްޖޭގެ އެކި ހިސާބު ތަކުގައި އެހެން ޤައުމުތަކުގެ ސިފައިން ތިބީ މިނިވަންކަން އޮތުމުންތޯ ގާސިމްވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރަށް ގާސިމް ވިދާޅުވީ، އެނގިވަޑައިގަންނަވާ ގޮތުގައި ސިޔާސަތާ އިސްތިޤްލާލް ހަމަގައިމުވެސް ރައްޔިތުން ބޭނުންވާނެކަމަށާއި އެހެން ގައުމުތަކުގެ ސިފައިން މި ގައުމުގައި ތިބީ މި ސަރުކާރުގައި މިނިވަންކަން ނެގެހެއްޓިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެފަދައިން ސަރުކާރުގެ ކުންފުނީގެ ވަޒީފާތައް ދީފައި ހުރި ގޮތްގޮތުގެ ވާހަކަވެސް އެނގިވަޑައި ގަންނަވާ ކަމަށާއި ކުންފުނިތައް އޮތީ ކޮރަޕްޓް ވެފައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަންނާކަށް ނުކެރޭނެތާ ވެރިކަމުގަ ތިއްބެވި ފަރާތުން އެބަ ބުނޭ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާ އޮތް ގޮތުގެ ވާހަކަވެސް މިތާ ދައްކަވައިފި ދެއްތޯ. ކުންފުނިތައް އެ އޮތީ ފޫނެއް ފަޔަށް ފެންފުރުމެކޭ އެއްގޮތް ކަމެއް. އެތާ ނެތް އެއްވެސް އަމިއްލަ އެއްޗެއް ނެތް. ކުންފުނިތައް އޮތީ ބޭންކޮރަޕްޓް ވެފައި." ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އޭނާއަށް ޔަގީންވާ އެއްޗަކީ ދިވެހި ރައްޔިތުން ގޮތް ނިންމާނީ ވަރަށް ވިސްނާފައި ކަމަށެވެ. އަދި ފަހަރެއް ފަހަރަކަށް ރައްޔިތުން ދަނީ އެކަން ސާބިތުކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.

ޤައުމަށް ޙިޔާނާތްތެރިވި ވެރިންނާއި ދޭތެރޭ ކަންތައް ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށާއި އެފަދަ ސަރުކާރެއް މިވަގުތު ރާއްޖޭގައި އޮތްއިރު އެފަދަ ބަޔަކަށް ދިވެހިން ތިބީ ފުރުސަތު ދީގެންތޯވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް