ވިސާލާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ދެވޭގޮތް ހަދައިފި

މިއަދުން ފެށިގެން ވިސާލާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ދެވޭގޮތް ހަމަޖައްސައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ، ޑިޕްލޮމެޓިކް، އޮފިޝަލް އަދި އާއްމު ޕާސްޕޯޓް ގެންގުޅޭ މީހުންނަށް މިއަދުން ފެށިގެން ވިސ...

20 Aug 2023 | 05:57

މިއަދުން ފެށިގެން ވިސާލާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ދެވޭގޮތް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޑިޕްލޮމެޓިކް، އޮފިޝަލް އަދި އާއްމު ޕާސްޕޯޓް ގެންގުޅޭ މީހުންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި ކިރްގިސްތާނަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ވިސާއާ ނުލައި ކިރްގިސްތާނަށް ދެވޭނީ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށެވެ. އަދި ކިރްރިސްތާނަށް ޓްރާންސިޓް ކުރާނަމަވެސް ވިސާ ބޭނުމެއް ނުވާނެ ކަމަށް ފޮރިން މިނިސްޓަރީން ބުނެއެވެ.

އެހެން ނަމަވެސް ކިޔެވުމަށާއި ވިޔަފާރިއަށް ނުވަތަ ވަޒީފާ އަދާކުރުން ފަދަ ދިގު މުއްދަތެއް ހޭދަވާ ކަންކަމަށް ދަތުރު ކުރާ މީހުން ވިސާ ހައްދަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރީއިން މައުލޫމާތު ދެއެވެ.

ވިސާއާ ނުލައި ކިރްގިސްތާނަށް ދަތުރު ކުރެވޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ވިސާއާ ނުލައި ރާއްޖެއިން ދަތުރު ކުރެވޭ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، މޮރޮކޯ، ޗައިނާ، ޔޫއޭއީ އަދި ތައިލޭންޑް ހިމެނެއެވެ. އޭގެ އިތުރުން ގިނަ ގައުމުތަކުން އޮން އަރައިވަލް ވިސާ ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް