ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކޮށްފިއެވެ.
މި ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާއިރު ވަކިވަކިން ފޮށިތަކަށް ވޯޓުލެވޭނެ މީހުންގެ ލިސްޓުތައް ވަނީ އެމުނި އެކުލަވާލާފައެވެ.
މި ލިސްޓު މިރޭ އާންމުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެފައިވަނީ ވޯޓުލާން އެބޭފުޅަކު ރަޖިސްޓްރީވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުން އެދޭކަމަށެވެ.
"ޝަރުއީ ކޯޓަކުން އަމުރުކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާ މީހުންގެ މި ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ" ހަބީބް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ފައިނަލް ލިސްޓަކީ، އީސީގެ ވެބްސައިޓްގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާއި ލިސްޓު ހިއްސާ ކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތްކޮށްގެން، ފައިނަލްކުރެވިފައިވާ އެންމެ ފަހުގެ ލިސްޓު ކަމަށެވެ.
މި ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ އާބާދީއަކީ 282،395 އެވެ. އަލަށް 27،006 މީހަކު ވޯޓު ލާނެއެވެ. ޖުމްލަ 604 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް